Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ބަޖެޓާ ގުޅޭގޮތުން ރައީސް، އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީގެ މެމްބަރުންނާއެކު ރައިސް ސޯލިހް ބަޖެޓާ ގުޅޭގޮޮތުން ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ސަރުކާރުގެ މައިގަނޑު ތަރައްޤީގެ މަޝްރޫއުތަކާއި، ބަޖެޓް ހަރަދާއި އާމްދަނީއާ ގުޅޭގޮތުން އަދި ރިޔާސީ ވައުދުތައް ފުއްދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެއަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް މައުލޫމާތުލިބެއެވެ.