Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރައީސް ސޯލިހް ތޮއްޑޫއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތޮއްޑޫގައި-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް އެ ރަށަށް ވަޑައިގެންވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

އަދި އެރަށުގެ ދަނޑުވެރިންނާއި ގެސްޓްހައުސްތަކުގެ ވެރިންނާ ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ސާފުކުރައްވާފައިވެއެވެ.

ތޮއްޑޫގައި މިވަގުތު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ބަނދަރު ރީކޮންސްޓްރަކްޝަންގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑު ތަރައްޤި ކުރުމުގެ އިތުރުން އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސް ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދު އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.