Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އޮޑިޓަރ ޖެނެރަލް އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓަރ ޖެނެރަލް އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ ވޯޓުންނެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަށް ޖުމުލަ 90.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 60.3 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެއަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް މައުލޫމާތުލިބެއެވެ.