Last Updated: May 11, 06:48
Saturday, May 11, 2024
ދުނިޔެ

ރަޝިއާގައި ކޮވިޑް މަރުތައް އިތުރުވެ ވަޒީފާތައް ހުއްޓުމަކަށް

ރަޝިއާގައި ކޮވިޑުގެ މަރުތައް އިތުރުވަމުންދާތީ ހުރިހާ މަސައްކަތްތެރިން ވެސް ގޭގައި މަޑުކުރަން އެ ގައުމުގެ ރައީސް ވްލަޑަމިއާ ޕޫޓިން އަންގަވައިފިއެވެ.

އެގޮތުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ރަޝިއާގެ މަސައްކަތްތެރިން މަސައްކަތަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

ޕޫޓިން މިފަދަ އަމުރެއް ނެރުއްވާފައިވާއިރު، ރަޝިއާގެ ކޮވިޑުގެ ހާލަތު ގޯސްވެ، އިއްޔެ އެ ގައުމުން 1028 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ޖުމުލަ 226،353 މީހުން މި ބަލީގައި އެ ގައުމުން މަރުވެފައިވާއިރު، މިއީ މުޅި ޔޫރަޕުގެ ވެސް ރެކޯޑެކެވެ.

ރަޝިއާގައި މިފަދަ ފިޔަވަޅުތަކެއް އެޅުމަށް މީގެ ކުރިންވެސް އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ތަތުޔަނާ ގޮލިކޯވާ ވަނީ އެދިފައެވެ.