ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތްކުރި އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއުގެ މަސައްކަތް 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ބިންހިއްކުމާއި، 1200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
ގުރައިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 85.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.