Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އުކުޅަހު ބަނދަރު މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އުކުޅަހު ބަނދަރު މަސައްކަތް ކުރިއަށްދާގޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

ރައީސް ސޯލިހްއަށް އުކުޅަހު ބަނދަރު މަސައްކަތުގެ އެންމެ ފަހުގެ މައުލުމާތު އަރުވާފައިވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. ރައިސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއުގެ 80 އިންސައްކަތް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.