Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާރޑް ޕްރައިވެޓް ލިމިޓެޑަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 14،749،900 ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ކުޑަރިކިލުގެ އިރުމަތީފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯޓަރ އާއި 150 މީޓަރުގެ އެއް ބްރޭކްވޯޓަރ ޤާއިމުކުރުމާއި، ރަށުގެ އިރުމަތީ ފަރާތާއި ދެކުނުފަރާތު ގޮނޑުދޮށުގައި ފަސްއަޅައި ބީޗް ޕްރޮފައިލް ކުރުން ހިމެނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މިމަޝްރޫއުގެ ދަށުން ބ. ކުޑަރިކިލުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.