Last Updated: June 14, 14:03
Sunday, June 14, 2026
ސިއްހަތު

ސްޓޯބެރީގެ އެހެން ފައިދާއެއް

ދަތުގައި ސްޓޯބެރީ އުނގުޅުމުން ދަތް ހުދުވާނެ ކަމަށް ބައެއް މީހުންނަށް ގަބޫލު ނުކުރެވި ދާނެ އެވެ.

އެއީ ސްޓޯބެރީ ހުންނަނީ ރަތް ފިޔާތޮށި ކުލައެއްގައި ކަމަށް ވާތީ އެވެ. އެކަމަކު ސްޓޯބެރީގެ އޮށުގައި ދަތް ހުދުކޮށްދޭ އޭޖެންޓެއް ހިމެނެ އެވެ.

އޭގެ އެހީގައި ދަތްތައް ސާފުވެ ދަތް ހުދުވެ އެވެ. ނަމަވެސް ދަތުގައި ސްޓޯބެރީ އުނގުޅާ ނަމަ ކުޑައިރުކޮޅެއްގެ ތެރޭގައި ރަނގަޅަށް ދަތްތައް ދޮވެ ސާފު ކުރަން ހަނދާން ކުރާށެވެ.