ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ދުބާއީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ސޯލިހް ދުބާއިއަށް ކުރައްވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ އެކްސްޕޯގައި ރާއްޖެއިން ހާއްސަ ދުވަހެއް ފާހަގަކުރާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
އެހެންނަމަވެސް ރައީސް އެނބުރި ވަޑައިގަންނަވާނެ ތާރީހެއްވެސް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މާދަމާ ދުބާއީއަށް ވަޑައިގަންނަވާއިރު މިއަދު ކުޅުދުއްފުއްޓަށްވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މިދަތުރުފުޅަކީ ޒުވާނުންގެ ދުވަހާ ގުޅިގެން ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ސޯލިހް މި ނިމުނު ހަފްތާގައިވަނީ އއ. އަތޮޅުގެ ހަ ރަށަކަށްވެސް ޒިޔާރަތް ކުރައްވާފައެވެ.