Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރާއްޖެއައި ފަތުރުވެރިންގެ އަދަދު 960،000 އިން މަތީގައި

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 960،000 އަށްވުރެއް މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 962،490 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 219،381 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 180،517 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

މީގެއިތުރުންވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައި ޖަރމަނީ، އެމެރިކާ، ސައުދިއަރަބިއްޔާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާތް އަދި ފްރާންސް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރު އަމާޒު ހިފާފައިވަނީ އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.