Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑު ރައީސް ހުޅުވައިދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ރައީސް މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. އަދި ދަނޑު ހުޅުވުމަށްފަހު ޤައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްވެސް ރައީސް ބައްލަވާލެއްވިއެވެ. މި މެޗް 6-0 އިން ކާމިޔާބުކުރީ ޤައުމީ ޓީމެވެ.

ކުޅުދުއްފުށީގެ ކުރީގެ ފުޓްބޯޅަ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައި ވާއިރު، ދަނޑުގެ ސަބްބޭސް ގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރު.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓާއެވެ.

ރައީސް ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.