Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ކޯމާއެއްގައި އޮތް މަނިކު މަރުވެއްޖެ

މިދިޔަ އަހަރު ހައްޖަށް ދިޔަ ގޮތަށް މައްކާގެ ހޮސްޕިޓަލެއްގައި ކޯމާއަކަށް ގޮސްފައި އޮތް އަހުމަދު މަނިކު މުހައްމަދު ރޭ މަރުވެއްޖެ އެވެ.

އާއިލާ އިން ބުނީ މައްކާގެ އަލް ނޫރު ހޮސްޕިޓަލްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 އިން ފެށިގެން ކޯމާއެއްގައި އޮތް މީދޫ ކަނީރުމާވިލާ މަނިކު، 74، މަރުވީ ރޭ ރާއްޖެ ގަޑިން 12:00 ޖެހި އިރު ކަމަށެވެ.

އޭނާ މަރުވި އިރު، 14 ކުދިން ތިބި މަނިކުގެ އާއިލާގެ ފަރާތުން މިހާތަނަށް ބައްޕަ އަށް ދެ ފަހަރެެއްގެ މަތިން ޒިޔާރަތް ކުރި ހުސައިން އާރިފް ވަނީ ސައުދީ އަށް ދިއުމުގެ ދަތުރުމަތީގައި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނީ އަލްބަޓްރޮސް ގްރޫޕާ އެކު ހައްޖުގެ އަަޅުކަން ފުރިހަމަ ކުރުމަށް ފަހު އޮކްޓޯބަރު 26 ގައި ރާއްޖެ ފުރަން އުޅެނިކޮށް، މަނިކު އެޑްމިޓް ކުރީ ނިއުމޯނިއާ ޖެހި ކިޑްނީގައި އިންފެކްޝަނެއް ވެސް އުފެދިގެން ކަމަށެވެ.

އަދި އެޑްމިޓް ކުރި ގޮތަށް އޭނާ މިހާތަނަށް އޮތީ ކޯމާގަ އެވެ.