Last Updated: June 22, 13:53
Monday, June 22, 2026
ކުޅިވަރު

މީދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީ މީދޫގައި އަލަށްހަދާ ފުޓްސަލް ދަނޑުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މީދޫ އަަވަށު އޮފީހުގައެވެ.

 

މި ދަނޑުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްމެންޓާއެކުގައެވެ. އަދި އައު ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ މީދޫ ސްޕޯޓްސް އެރީނާ ހުރި ބިމުގައެވެ.

މި އެއްބަސްވުމުގައި މީދޫ އަވަށު އޮފީހުގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލަރު ސާލިހާއެވެ.