Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އިހަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ހއ. އިހަވަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓިސީސީން ބުނެފައިވަނީ އިހަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވަ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 17 އޮކްޓޯބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި 850 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ހއ. އިހަވަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 123.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.