Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ބަޖެޓް 2022 ހުށަހެޅުން އާދީއްތަ ދުވަހު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބެޖެޓް އަންނަ އާދީއްތަ ދުވަހު ހުށަހެޅުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެއަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް މައުލޫމާތުލިބެއެވެ.

މީގެއިތުރުން ބަޖެޓުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ޚަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާއެވެ.