Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު ބޯހިޔާވަހިކަން

ހިޔާ ފްލެޓް އެޅުމުގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް

މެމްބަރު މުހައްމަދު ފަލާހު--

ހިޔާ ފްލެޓް އެޅުމުގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 32 މެމްބަރުންގެ ވޯޓުންނެވެ.

ފަލާހް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިޔާ ފްލެޓްތަކުގެ މަޝްރޫއު ހިންގާ، ފައިދާވާން އޮތްކަމެއްގައި އެހެންގޮތަކަށް އަމަލުކޮށް މަކަރާއި ކޮރަޕްޝަން އެކުލެވިގެންވާކަމަށެވެ. އަދި ގަސްދުގައި ހިންގާފައިވާ ކަންކަމުގެ ސަބަބުން ނުވަތަ އިހުމާލުން ހިންގާފައިވާ ކަންކަމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ގެއްލުންވެދާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މިކަމުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިތުރަށް ނުތަނަވަސްކަން އުފެދި އެފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

އަދި ހިޔާ ފްލެޓްގެ އަގުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ކަންކަން ސާފުވެފައިވާއިރު ހިޔާ ފްލެޓްގެ މަޝްރޫއުގެ ތެރެއިން ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާގޮތަށް އަމަލުކޮށް ހިންގާފައިވާ ކަންކަން ފުރިހަމަ ތަހުގީގު ކުރުމަށް މައްސަލައިގައި ގޮވާލާފައިވެއެވެ.