ހިޔާ މަޝްރޫޢު ފެއިލްކޮށްލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެން ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް ސޯޝަލް ހައުސިންގއަކީ ރައްޔިތުންނަށް ދެވޭ ހިދުމަތެއް ކަމަށާއި، އެއީ އަރަނީގެ ވިޔަފާރިއެއް ނޫން ކަމަށެވެ.
"3 އަހަރުވީއިރު ކުރީ ސަރުކާރޭ ކިޔުންނޫން ކުރެވުނު ކަމެއް ނެތް! މިސްކިތް، ސްކޫލު ކޮބާ؟" އަލީ ވަހީދުގެ ޓްވީޓްގައި ވެއެވެ.
ހިޔާ މަޝްރޫޢު ފެއިލްކޮށްލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ. ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް ސޯޝަލް ހައުސިންގއަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތެއް. އެއީ އަރަނީގެ ވިޔަފާރިއެއް ނޫން. 3 އަހަރުވީއިރު ކުރީ ސަރުކާރޭ ކިޔުންނޫން ކުރެވުނު ކަމެއް ނެތް! މިސްކިތް، ސްކޫލު ކޮބާ؟
— Ali Waheed (@ali20waheed) October 26, 2021
އަލީ ވަހީދު މިފަދައިން ޓްވީޓްކޮށްފައި މިވަނީ ހިޔާ ފްލެޓްތަކުގެ ކުއްޔާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ރިޕޯޓެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. އެ ރިޕޯޓްގައި ވަނީ ކުރީ ސަރުކާރުން ނިންމާފައިވާ އަގުގައި ފްލެޓްތައް ދޫކުރިނަމަ 9.2 ބިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށް ބުނެފައެވެ.
މީގެއިތުރުން މިއަދު މަޖިލީހުގައި ވެސް އަންނަނީ ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ވާހަކަ ދައްކަމުންނެވެ.