Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މޫސުން ގޯސްވެ ދެކުނަށް ވައިޓް އެލާޓް ނެރެފި

ވިއްސާރާގައި ބަޔަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / އަވަސް

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދުގެ ރަށްތަކަށް މެންދުރު 12:00 އިން ފެށިގެން ހަވީރު 06:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.