އައްޑޫސިޓީން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.
މިއީ އައްޑޫގައި ކޮވިޑް-19 ގައި މިއަދު މަރުވި ދެވަނަ މީހާއެވެ.
މިއާއެކު އައްޑޫއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 7 ކަށް އަރާފައެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 242 އަށް އަރާފައެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 87،071 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1550 ކަމަށްވާއިރު އޭގެތެރެއިން 22 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 85،268 މީހުން ރަނގަޅުވެފައިވެއެވެ.