Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ސޯލްޝެއާ ވަކިނުކުރަން ނިންމައިފި

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަކިނުކުރަން ނިންމައިފިއެވެ.

ސްކައި ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޔުނައިޓެޑުގެ ކޯޗުގެ ގޮތުގައި ހުންނާނީ ސޯލްޝެއާއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި 5-0ގެ ނަތީޖާއަކުން މެންޗެސްޓާރ ޔުނައިޓެޑް ބަލިވުމާއި ގުޅިގެން ސޯލްޝެއާ ވަކިކުރުމާމެދު އެ ކްލަބުން މަޝްވަރާތައް ފެށިއެވެ. ނަމަވެސް ސޯލްޝެއާ ވަކިނުކޮށް ކުރިއަށްދާން އެ ކްލަބުން މިހާރު ވަނީ ނިންމާފައެވެ.

ޔުނައިޓެޑާއި ލިވަޕޫލު ކުޅުނު މެޗުގައި ލިވަޕޫލުގެ ކުޅުންތެރިޔާ މުޙައްމަދު ޞަލާހުވަނީ ހެޓްރިކެއް ހަދާފައެވެ. އަދި ލިވަޕޫލުގެ ފަރާތުން މޮޅު ކުޅުމެއްވެސް ވަނީ ފެނިގެން ގޮސްފައެވެ.