Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ލ. ގަމުގައި ބާރު ސްޕީޑްގައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފި

ލ. ގަމުގައި ބާރު ސްޕީޑުގައި ދުއްވަފައިދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފިއެވެ.

ފުލުހުންގެ ވެހިކަލް ފުރޮޅާލާފައިވަނީ ބާރު ސްޕީޑުގައި ދިޔުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެންނެވެ.

މިހާދިސާ ހިނގިއިރު ވެހިކަލްގައި އިނީ ދުއްވަން އިން ފުލުސް މީހާ ކަމަށް މައުލުމާތު ލިބެއެވެ. އަދި އޭނާއަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށާއި، އެހެންނަމަވެސް ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.