Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

މަޖިލީހުން އެމްއެންޕީ ރަސްމީކޮށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަސްމީކޮށް ބަލައިގެންފިއެވެ.

އެމްއެންޕީގައި މަޖިލީހުން ހިމެނޭކަމަށް މިއަދު އިއުލާނުކުރި ލިސްޓްގައި ހިމެނެނީ ތިން މެމްބަރުންނެވެ. އެއީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލެ ދާއިރާ މެންބަރު މުހައްމަދު އުޝާމެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކަމާ ބެހޭ ލިޔުންތައް މަޖިލީހަށް ފޮނުވާފައިވާތީ ތިން މެންބަރުންނަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ކަމަށް މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީކޮށް، މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ޕާޓީއެއްކަމުގައި އިއުލާންު ކުރާ ކަމަށެވެ.

މިއާއެކު މަޖިލީހުގައި މެމްބަރުން ހިމެނޭގޮތަށް ބަލާލާއިރު، އެމްޑީޕީ 65 މެންބަރުން، ޕީޕީއެމް ހަ މެންބަރުން، ޖޭޕީ ތިން މެންބަރުން، ޕީއެންސީ ތިން މެންބަރުން، އެމްއެންޕީ ތިން މެންބަރުން، އެމްޑީއޭ ދެ މެންބަރުން އަދި އަމިއްލަ ފަސް މެންބަރުންނެވެ.