Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު ފާސްކޮށްފި

ފޮޓޯ: ވީނިއުސް

"ދޮރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 48 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ހުށަހެއްޅުވި މި ބިލަކީ، ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށްދޫކުރުމާއި ކުއްޔަށްހިފުމާ ގުޅިގެން ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާފަރާތުގެ މަސްލަޙަތާއި ޙައްޤުތައް ބަޔާންކުރުމާއި ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި އެތަންތަނުގައި، ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުޢާމަލާތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައެޅުމުގެ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މި ބިލު ގާނޫނަކަށް ވުމުން، އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި، ކައުންސިލަށް ހުށަހަޅައި، ކުއްޔަށް ދިނުމުގެ ހުއްދަ ލިބުމުންނެވެ.

އަދި ކައުންސިލުން ދިރިއުޅުމަށް ކުއްޔަށް ދިނުމަށް ހުއްދަދޭ ހުރިހާ ތަންތަނުގެ ދަފްތަރެއް އެކުލަވާލަން ޖެހޭގޮތަށް ބިލު ފަރުމާކޮށްފައިވާއިރު، މި ދަފްތަރުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ކައުންސިލްތަކަށެވެ.