Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރުމަށް ފާސްކޮށްފި

ދިވެހިރާއްޖޭގައި ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ ވޯޓުންނެވެ.

"ދިވެހި ރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު"ގެ ނަމުގައި މި ފަދަ ބިލެއް ހުށައެޅީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގްވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަށް ފެއްތުމަށްޓަކައި ބޭނުންވާ ޚައްސަ ތަމްރީމާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ބިނާކުރުމަށްޓަކައި ވަކި ޚިދުމަތެއް ގާއިމުކުރުމުގެ ބޭނުމުގައެވެ.

ފޮރިން ސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ.

މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފެށުމާއި އެކު ފޮރިން ސާވިސް، ސިވިލް ސަރވިސްގެ ދަށުން މިނިވަން ވާނެއެވެ.