Last Updated: June 30, 07:10
Tuesday, June 30, 2026
ރިޕޯޓް

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގެ ސުވާލު؟

ނަޝީދު ސަރުކާރުން އައްޑޫގައި ބޭއްވި ކޮމިއުނިޓީ ކެބިނެޓް މީޓީން. ކައުންސިލްގެ 3 އަހަރުގެ ދައުރުގައި ރައްޔިތުންނާއި އެކު އާއްމު ބައްދަލުވުމެއް ބާއްވާފައި ނުވޭ. ފޮޓޯ: ރައިސް އޮފީސް

2010 ވަނަ އަހަރު ފާސްކޮށް 2011 ވަނަ އަހަރު ރާއްޖޭގައި އެކުލަވާލި ލޯކަލް ކައުންސިލްތަކުގެ ވާހަކަ އެންމެން ވެސް ދައްކަނީ ހަރަދު ބޮޑު ބޭކާރު ސިސްޓަމެއްގެ ގޮތުގައެވެ. ރާއްޖޭގެ ރަށްތަކުގައި އެތައް ކައުންސިލަރުންނެއް އެއްވެސް ބޭނުމެއް ނެތި އިންތިހާބްކޮށް ދައުލަތުގެ ބަޖެޓުން ބޮޑު އިސްރާފެއް ކުރަމުންދާވާހަކައެވެ.

ނަމަވެސް އެތައް މަޝްވަރާއަކާއި ލައްކަ ބަހުސްތަކަކަށް ފަހު މި ގާނޫނު ވުޖޫދަށް ގެނައީ ރައްޔިތުންނާއި ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް އެމީހުންގެ ކަންކަން ކުރުމަށް އެންމެ ފަސޭހަ ގޮތަށެވެ. ކުރިން އައްޔަން ކޮށްފައި ތިބި ކަތީބުން ބޭރުކޮށް ރައްޔިތުންގެ ވޯޓަކުން ހޮވޭ ރައްޔިތުންގެ މީހުން ބޭތިއްބުމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ޖުމްލަ 155 މާއްދާ ހިމަނާފައިވާ އިރު އޭގެތެރެއިން ރައްޔިތުންނަށް އެންމެ މުހިއްމު އެއްމާއްދާއަކީ އެ ގާނޫނުގެ 110 ވަނަ މާއްދާއެވެ. "ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާ އާއި އެކު" ކައުންސިލުން ކަންކަން ކުރުމަށް ބުނެފައިވާ މާއްދާއެވެ.

އާއްމު ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތުން ހުރިހާ އެންމެނަށް ގާނޫނު ބަލާލެވޭގޮތް ނުވެހިނގައިދާނެއެވެ. އެހެންވެ ފަހަރުގައި ތިމާމެން ވޯޓު ދީ ހޮވި ފަރާތްތަކުން އަމަލު ކުރަމުންދަނީ އެގާނޫނާއި އެއްގޮތަށްތޯ ނޭގި ހިނގައިދާނެއެވެ.

މިމަހުގެ 18 ވަނަ ދުވަހު އަލުން ލޯކަލް ކައުންސިލް އިންތިހާބް ބާއްވާއިރު މިހާރު އޮތް ކައުންސިލުން މިކަންކަން ކޮށްފައިވަނީ ކިހިނެއްތޯ ބަލާލަން އެބަޖެހެއެވެ. އަދި ލާމަރުކަޒީ ގާނޫނުން ބުނާ އެއްޗެއްވެސް ބަލާލަން އެބަޖެހެއެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންވެގެން ވަނީ މިފަދައިންނެވެ.

"ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައި މަހު ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް، ރައްޔިތުންނަށް ހުށަހަޅަންވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ އާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ހިޔާލް ހޯދަންވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 ދުވަސް ކުރިން އެރިޕޯޓްތަކާއި ޕްލޭނާއި ބަޖެޓް،