Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ޤައުމާއި ރަށް ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ޤައުމާއި ރަށް ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން ކަމަށް ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ޤައުމާއި ރަށް ކުރިއެރުވޭނީ އެކަމުގައި މަސައްކަތް ކުރެވިގެން ކަމަށާއި، ދުޅަހެޔޮ ރަނގަޅު ޖީލެއްވެސް ބިނާކުރެވޭނީ ގުޅިގެން އެކުގައި މަސައްކަތް ކުރެވިގެން ކަމަށެވެ.

ލިބިފައި ހުރި އިލްމެއްގެ ބޭނުންހިފައި، ދަސްކޮށްފައިހުރި އެއްޗެއްގެ ބޭނުންކޮށްގެން މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަންޖެހިފައިވާ ކަން ފާހަގަކޮށް ނައިބު ރައީސް ފައިސަލް ވަނީ، މި މުޖްތަމައުގައި ބޮޑެތިވަމުންދާ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.