Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

ބަޖެޓް ހުށަހެޅުމަށް އާދިއްތަ ދުވަހު ހާއްސަ ޖަލްސާއެއް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް އާދީއްތަ ދުވަހު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކުރެއްވީ އިއްޔަ މަޖިލީހުގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެއަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް މައުލޫމާތުލިބެއެވެ.

މީގެއިތުރުން ބަޖެޓުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ޚަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާއެވެ.