Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާއާއެކު އިތުރު ބައެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދެފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު އާއެކު އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާއަކާ ގުޅިގެން ތަހުގީގުކުރި މައްސަލައަކަށްފަހު ދައުވާކުރުމަށް އެދިފައިވަނީ ކުރީގެ މިނިސްޓަރު ޒެނީޝާ ހިމެނޭގޮތަށް ޖުމުލަ 30 ފަރާތެއްގެ މައްޗަށެވެ.

އެޗްއާރްސީއެމުން ދައުވާކުރުމަށް އެދިފައިވާ ފަރާތްތަކުގެ ތެރޭގައި އެކި އިދާރާތަކުގެ މުވައްޒަފުންނާއި އިސްވެރިން ހިމެނޭކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ދައުވާކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޕީޖީން އެޗްއާރްސީއެމްއާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ.