Last Updated: May 8, 02:27
Wednesday, May 7, 2025
ޚަބަރު

އެމްއެންޕީގެ އިދާރީ އިސް މަގާމުތަކަށް މީހުން އައްްޔަން ކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޑެޕިއުޓީ ރެޖިސްޓްރަރގެ މަޤާމަށް މުޙައްމަދު ހާނިމް އައްޔަން ކުރައްވަނި .

މޯލްޑިވްސް ނެޝަނަލް ޕާޓީގެ އިދާރީ އިސް މަގާމުތަކަށް މެމްބަރުން އައްޔަންކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރި އެމްއެންޕީގެ ހަ މަގާމަށް މެމްބަރުން އައްޔަން ކުރައްވާފަ އެވެ.
އެމްއެންޕީއިން ބުނީ އެ މަގާމުތަކަށް މެމްބަރުން ހަމަ ޖެއްސެވީ ޕާޓީގެ އެގްޒެކްޓިވް ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުން ފާސްކޮށްގެން ކަމަށެވެ.

އެގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ރާބިހް މުހައްމަދު އަދި ޕާޓީގެ ހަޒާންދާރުގެ މަގާމަށް އަބްދުއްރަޝީދު ހަސަން ވަނީ އައްޔަންކޮށްފަ އެވެ. ޕާޓީގެ ރެޖިސްޓްރަރގެ މަޤާމަށް މުޙައްމަދު ޝިހާބު ހަމަޖައްސާފައިވާއިރު ޑެޕިއުޓީ ރަޖިސްޓްރާގެ މަގާމަށް ހަމަ ޖަައްްސާފައިވަނީ މުހައްމަދު ހާނިމް އެވެ. ޕާޓީގެ ސްޕޯކްސް ޕާސަންގެ މަގާމަށް އަސްރާ އަހްމަދާއި އަހްމަދު އަނޫޝް ވަނީ ހަމަ ޖައްސަވާފަ އެވެ.

މި މަގާމުތަކަށް އައްޔަން ކުރެއްވި މީހުނަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވަނީ މަޤާމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވާފައެވެ.