ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ސޯލިހް މިވަގުތު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
President @ibusolih meets with former President @maumoonagayoom in Dubai.
President is currently in UAE to attend the @expo2020dubai held in Dubai this year. pic.twitter.com/GPuDhxkdtp
— The President's Office (@presidencymv) October 28, 2021
މިދަތުރުފުޅުގެތެރެއިން ދުބާއީގައި ރައީސް މައުމޫނާއި ބައްދަލުކުރެއްވިއިރު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހިއްސާކޮށްފައެއްނުވެއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ، މި ބައްދަލުވުމުގައި މިހާރުގެ ހާލަތާއި އެމްއާރްއެމްގެ ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.