Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއަކަށް ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ސ. މީދޫ ހަސަންކާރިގޭ އަލްއުސްތާޛު ފައްޔާޟު ޝާޠިރު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ފައްޔާޒް ޝާތިރަކީ މައުމޫނު ސަރުކާރުގެ ބަންޑާރަ ކަން ކުރެއްވި ޑރ މުހައްމަދު މުނައްވަރާއި ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބު ހުސުނުއްސުއޫދަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެވެ. އަދި ދާދި ފަހުން އެސްޓިއޯގެ ޗެއާމަނަކަށް އައްޔަން ކުރި އަހުމަދު ނިޔާޒުގެ ކޮއްކޮއެވެ.

ފައްޔާޒުވަނީ މީގެ ކުރިން ދިވެހި ރާއްޖޭގެ ހައިކޯޓާއި، ޕީޖީ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ފައްޔާޒުވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީއިން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަންއިން ހިއުމަން ރައިޓްސް ލޯއިން މާސްޓާސް ހައްދަވާފައެވެ.