Last Updated: June 30, 07:10
Tuesday, June 30, 2026
ސިޔާސީ

ރައީސް އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައެއް ނެތް!

ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ އައްޑު އަށް ވަޑައިގަންނަވާ ކަމަށް ދެކެވޭ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުއާޒު މިއަދު ވިދާޅުވީ ޔާމީން އައްޑު އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވަނީ އެހެން ތާރީހެއްގައި ކަަމަށެވެ. ނަމަވެސް އެތާރީހެއް މުއާޒު ވިދާޅެއް ނުވެ އެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ މާޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށެވެ.

ރައީސް ޔާމީން ވަނީ މިއަދު މ. އަތޮޅާއި ދ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވާ ފައެވެ.