Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އެކްޓަރު ޕުނީތު ރާޖްކުމާރު މަރުވެއްޖެ

ދެކުނު އިންޑިޔާގެ މަޝްހޫރު އެކްޓަރު ޕުނީތު ރާޖްކުމާރު މަރުވެއްޖެއެވެ.

ޕުނީތު މަރުވީ ހާޓްއެޓޭކެއް ޖެހިގެންކަމަށް މަޢުލޫމާތު ލިބެއެވެ.

ޕުނީތު އޭނަގެ ޖިމުގައި ކަސްރަތުކުރަން ހުއްޓާ ބިންމައްޗަށް ވެއްޓިގެން އޭނާ އަވަސް ފަރުވާއަށް ވިކްރަމް ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ޕުނީތުގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ޕުނީތު މަރުވިއިރު އޭނަގެ އުމުރަކީ 46 އަހަރެވެ.