Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

"މިނިވަންކަމުގެ ހިނގާލުން" ނަމުގައި އިދިކޮޅުން ހިނގާލުމެއް ބާއްވަނީ

"މިނިވަންކަމުގެ ހިނގާލުން" މިނަމުގައި އިދިކޮޅުން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅުން މި ހިނގާލުން ބޭއްވުމަށް ނިންމާފައިވާއިރު، މިއީ ސުލްހަވެރި ހިނގާލުމެއްކަމަށް އިދިކޮޅުން މައުލޫމާތުދެއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފައިވަނި މި ހިނގާލުން ފެށޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 04:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.

މިފަހުންވެސް އިދިކޮޅުން ވަނީ "މިނިވަންކަމުގެ ހިނގާލުން" ނަމުގައި މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުމުގައިވެސް ރައިސް ޔާމީނާއި އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.