Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

ޖިންސީ އަނިޔާ ކުރި މައްސަލަ: ގަލޮޅު ސްކޫލްގެ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ކޮށްފި

ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގަލޮޅު ސްކޫލްގައި މަސައްކަތްކުރާ މަސައްކަތު މީހަކަށް، އެ ސްކޫލްގެ ދަރިވަރަކަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވޭތީ، އެ ސްކޫލްގެ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ކޮށްފިއެވެ.

ގަލޮޅު ސްކޫލްގެ މެނޭޖްމެންޓްގެ ފަރާތުން އެސްކޫލްގެ ބެލެނިވެރިންނަށް އަންގާފައިވާ ގޮތުގައި، އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަނީ ވަޒީފާގެ މައްސޫލިޔަތުން އެކަހެރި ކުރެވިފައެވެ.

އަދި ކުދިން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް އެ ސްކޫލުންވަނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލްގެ 18 ޕޮއިންޓެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާފައިވާކަން ވެސް ބެލެނެވެރިންނަށް އަންގާފައެވެ.

ގަލޮޅު ސްކޫލުގެ ދަރިވަރަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު އެކަމުގައި ތުހުމަތު ކުރެވެނީ އެ ސްކޫލުގެ މަސައްކަތު މީހަކަށެވެ.