Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހުވަދޫ ކަނޑަށް ބޯޓެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ދިޔަވަމުންދާކަމަށް މައުލޫމާތު ލިބިފައިވާ އަލްމާ ބޯޓު--

ހުވަދޫ ކަނޑަށް ބޯޓެއް ދިޔަވަމުންދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިޔަވަމުންދާ ބޯޓަކީ އައްޑޫސިޓީ މީދޫ "އަލްމާ" ނަމަކަށް ކިޔާ ބޯޓެވެ.

މިބޯޓަކީ މާލެއާއި އައްޑޫސިޓީއާއި ދެމެދު ދަތުރުކުރާ ބޯޓެއް ކަމަށް މައުލޫމާތުލިބެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ ހުވަދޫ ކަނޑުގައި "އަލްމާ" ބޯޓު ދިޔަވާކަމުގެ މައުލޫމާތު ލިބިގެން ދެކުނު އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.