ސްޓެލްކޯއިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް އެސެމްބަލް ކުރެވި ބާޒާރަށް ނެރެން ތައްޔާރު ވެއްޖެއެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިމި، މިހާރު ވ. ތިނަދޫއަށް ފޮނުވާލުމަށްޓަކައި ތައްޔާރު ކުރެވިފައިވާކަމަށެވެ.
މިއާއެކު މިހާރު ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކުރެވިފައިވާކަމަށް ސްޓެލްކޯއިން މައުލުމާތުދެއެވެ. އެއީ STW600، STW500، STW300 އަދި STW800 މޮޑެލްގެ ޖަނަރޭޓަރެވެ.
މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.