Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ދެކުނަށް ވައިޓް އެލާޓް، 40 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ފ.އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ދަންވަރު އެކެއް ޖެހުމާ ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ. އަދި ކަނޑުތައް ވެސް ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން އެމް.އެން.ޑީ.އެފުން ވަނީ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.