އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެއް މަރުވި މައްސަލައިގައި އެ ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.
ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
އޮކްޓޯބަރު 19 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވާ އަންހެން މީހާއާއި އޭނާގެ ފިރިމީހާއަކީވެސް އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތްކުރަމުން އައި ދެމީހުންނެވެ.