ވ. ފުލިދޫ ބޭރުތޮށީގެ ރޮކް ޕްރޮފައިލިންގ ގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓިސީސީން ބުނެފައިވަނީ ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށީގެ ރޮކް ޕްރޮފައިލިންގ ގެ މަސައްކަތްތައް 29 އޮކްޓޯބަރ ވަނަ ދުވަހު ފެށިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.
މި މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.