Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ހަތިޔާރެއް ނުގެންގުޅޭނެ: މާރިޔާ

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭއިރު އެމީހުން ހަތިޔާރު ނުގެންގުޅޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިންގެ މީހަކު ހުންނައިރު އެ މީހުން ހަތިޔާރެއް ނުގެންގުޅޭނެ ކަމަށެވެ.

އިންޑިއާގެ ސިފައިންނަށް ނިސްބަތްވާ ޑޮކްޓަރުންނާއި ޕައިލެޓުންނާއި މެކޭނިކަލް މީހުންނާއި އެކްސްރޭ ނަގާ މީހުންނާއި ގައިނިކޮލްޖީ މީހުންނާއި ކިތަންމެ ބަޔަކު އުޅުނުކަމުގައި ވީނަމަވެސް ދިވެހި ސަރުކާރުން ހުއްދަ ލިބިގެން ނޫން ގޮތަކަށް އެމީހުންނަށް ރާއްޖެ ނުވެސް އާދެވޭނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

"އެމީހުން ރާއްޖެގައި ތިބޭ މުއްދަތީކީ ވެސް އަޅުގަނޑުމެން ހުއްދަ ދިނީމަ އެ ތިބެވޭ މުއްދަތަކަށް އެމީހުން އެ ތިބެނީ." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް މާރިޔާ ވިދާޅުވީ އެގޮތަށް އައިސް ތިބޭ މީހުން، ކުރާ މަސައްކަތަކީވެސް "އަޅުގަނޑުމެން އަންގާ އެންގުމަކަށް" ކުރާ މަސައްކަތެއްކަމަށެވެ.