ފާޑުކިޔުން އިތުރުވެ ޓީވީއެމްގެ ޕްރޮގްރާމް ގައިޑުގައި ނަސްރުގެ ދުވަހުގެ ޕްރޮގްރާމެއް ހިމަނައިފިއެވެ.
މިއަދަކީ ރާއްޖޭގެ ނަސްރުގެ ދުވަހަށް ވީއިރު، ޓީވީއެމްއިން ޕްރޮގްރާމް ގައިޑް އާންމު ކުރިއިރު ނަސްރުގެ ދުވަހުގެ އެއްވެސް ޕްރޮގްރާމެއް ހިމަނާފައި ނެތުމުން އެކަމުގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ޓީވީއެމްއަށް ފާޑުކިޔަމުންނެވެ.
މިފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން ޓީވީއެމްއިން ވަނީ 02:30 ގައި ނަސްރުގެ ދުވަހުގެ ހާއްސަ ޕްރޮގްރާމެއް ގެންނާނެކަން ހާމަކޮށްފައެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ، ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް 1988 ނޮވެންބަރު ތިންވަނަ ދުވަހު ހަމަލާދިނުމުން، އެމީހުންނަށް ރައްދު ހަމަލާދީ ދިވެހި ސިފައިން އެމީހުންގެ މައްޗަށް ހޯދި ނަސްރާއި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.