Last Updated: June 12, 06:18
Friday, June 12, 2026
ޚަބަރު

މޫސުން ގޯސްވާނެތީ ބ. އަތޮޅުން އައްޑޫއާ ހަމައަށް ވައިޓް އެލާޓް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯއްވެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ.

މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 08:15 އިން މެންދުރު 02:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.