ހޯމްސްޓޭ ޓޫރިޒަމާ ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަތަކަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ރައްދު ދެއްވައިފިއެވެ.
މާފުށީ ކައުންސިލުން އެރަށުގައި ހިންގާ ބައެއް ކަންކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނަކާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ، ހޯމްސްޓޭ ޓުރިޒަމުން ރާއްޖޭގެ އިޖުތިމާއީ ފޭރާން އިތުރަށް ހަލާކުވެދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހޯމްސްޓޭ ޓޫރިސްޓްގެ ވަނަވަރު ބެލުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި، ބޭރު މީހުން ރާއްޖޭގައި ހިންގާ ޖަރީމާތައް އިތުރުވެފައިވާކަމަށެވެ.
Harudhanaa fiyavalhuthakeh dhuraalaa naalhaifinama Home Stay in Raajjege ijuthimaaee feyraan ithurah halaakuvumuge furusathu bodu. Geah anna tourist ge vanavaru belumakee kureveynekameh noon. Beyru meehun raajjeygai hingaa jareemaathah mivanee ithuruvefai.https://t.co/i5OnegEMN9
— Adam Shareef Umar (@Adamshareefz) November 5, 2021
އާދަމް ޝަރީފްގެ މި ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު މައުސޫމް ވިދާޅުވެފައިވަނީ، ކުދިކުދިހޮޓެލް ހިންގުމާ ހޯމްސްޓޭ އަކީ ދާދި އެއްވައްތަރު ކަމެއްކަމަށާއި، ޒިންމާދާރުކަމާއެކު ރަށްރަށުގަ އެކަންކުރާތާ 10 އަހަރުވެއްޖެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ރަނގަޅު ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުން ފޯރުންތެރިވީމަ ވޯޓަށް ނުފޫޒު ފޯރުވަންދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެކަމެއް." މައުސޫމްގެ ޓްވީޓްގައިވެއެވެ.
ކުދިކުދިހޮޓެލް ހިންގުމާ #ހޯމްސްޓޭ އާ ދާދި އެއްވައްތަރު.
ޒިންމާދާރުކަމާއެކީ ރަށްރަށުގަ އެކަންކުރާތާ 10 އަހަރުވެއްޖެ. ނަތީޖާ ރަނގަޅު! ރައްޔިތުން ފޯރުންތެރިވީމަ ވޯޓަށް ނުފޫޒު ފޯރުވަންދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެކަމެއް!https://t.co/ZNHZGAsbd8— Abdulla Mausoom (@Mausoom_Maus) November 5, 2021
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ "ހޯމްސްޓޭ" ޓޫރިޒަމް އަންނަ އަހަރު ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
ހޯމްސްޓޭގެ ވިޔަފާރި އަކީ އަމިއްލަ ގޭގައި ބާކީ ހުންނަ ކޮޓަރި ޓޫރިސްޓުންނަށް ވިއްކާލައިގެން ދުވާލަކަށް ވަކި އަގެއް ނެގުމަށްފަހު އެމީހުން ގޭގައި ބައިތިއްބައިގެން އާމްދަނީ ހޯދުމުވެ.