ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ ޑިޕްލޯ ކުރެވިފައިވާ ކަމަށް އެމްޓިސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ މިހާރު ވަނީ ހާރޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރ ބޭސިންއަށް ޑިޕްލޯއި ކުރެވިފައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެތުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.