Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މިމަހުގެ ފުރަތަމަ ތިން ދުވަހު 14،226 ފަތުރުވެރިން

މިމަހުގެ ފުރަތަމަ ތިން ދުވަހު ރާއްޖެއަށް 14،226 ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން މިމަހުގެ ފުރަތަމަ ތިން ދުވަހު ރާއްޖެއަށް ޒިޔާރާތް ކުރި 14،226 ފަތުރުވެރިންނާއެކު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 1,027,154 އަށް އަރާފައެވެ.

ތަފާސްހިސާބުން ދައްކާގޮތުން ރާއްޖެއަށް މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އޮގަސްޓް މަހުގައެވެ. އެމަހު ރާއްޖެއަށް 143,599 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 232,418 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 191،229 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

މީގެއިތުރުންވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައި ޖަރމަނީ، އެމެރިކާ، ސައުދިއަރަބިއްޔާ، އިނގިރޭސިވިލާތް، ސްޕެއިން، ޔޫކްރެއިން އަދި ފްރާންސް ހިމެނެއެވެ.