މަސައްކަތް ކުރަނީ އައްޑޫގައި އޮތް ޓޫރިޒަމް އިގްތިސާދު ފުޅާކުރުމުގެ މަގްސަދުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ރިސޯޓް ލައިފަށް 15 އަހަރުން ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ލާމަރުކަޒު ކުރުމަށް ހާއްސަ އިގްތިސާދީ ހަބުތަކެއް އުފަދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެތެރެއިން އައްޑޫސިޓީއަކީ އެއް ހަބުކަމަށެވެ.
އެގޮތުން އައްޑޫސިޓީ ފުރަތަމަ އިގްތިސާދީ ހަބަށް ވެގެންދާނެކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސަރުކާރަށް ކުރެވޭނެ ކަމަކީ ބޭނުންވާ އެންމެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމު ކުރުން ކަމަށާއި، މިކަން ކާމިޔާބުވާނި ހުރިހާ ފަރާތަކުން ކުރާ މަސައްކަތުން ކަމަށެވެ.
"އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ތެރޭގައި އައްޑޫގެ އެއާޕޯޓް ރަނގަޅު ކުރުމާއި، އައްޑޫގެ ފެނާއި ނަރުދަމާ ރަނގަޅު ކުރުން ހިމެނޭ. މި ހުރިހާ ކަމެއް މި ރަނގަޅު ކުރަނީ، އައްޑޫގައި އޮތް ޓޫރިޒަމް އިގްތިސާދު ފުޅާކުރުމުގެ މަގްސަދުގައި." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
އައްޑޫގެ ފަތުރުވެރިކަން މިވަގުތު ދަށްކޮށް އޮތްނަމަވެސް އައްޑޫއަކީ "އިމެންސް ޕޮޓެންޝަލް" އޮތް ތަނެއްގެ ގޮތުގައި ފެންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.