Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގެ އަގު ހެޔޮކޮށްފި

ސްރީލަންކާގައި މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގެ އަގު ބޮޑުވުމުން އުފެދިފައިވާ ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޓިކެޓުގެ އަގު ހެޔޮ ކޮށްފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ އެދިލެއްވުމެއްގެ މަތިން ޓިކެޓް އަގުހެޔޮ ކުރުމަށް އެދި ލަންކާ ފުޓުބޯޅަ އިދާރާގެ ރައީސްގެ އަރިހުން އެދިވަޑައިގަތުމުން، އެކަން ކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖޭގެ ސަޕޯޓަރުންނަށް މީގެކުރިން ޓިކެޓް ވިއްކުމަށް ހަމަޖެހިފައި އޮތީ 5000 ލަންކާ ރުޕީސްއަށެވެ. ނަމަވެސް އެހެން ޕެވިލިއަންއަކުން މިހާރު ދިވެހީންނަށް 3000 ރުޕީސްއަށް ޓިކެޓު ވިއްކަން ވަނީ ނިންމާފައެވެ.