Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މިނިމަމް ވޭޖް ކަނޑައަޅައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައީސް އޮފީސް

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައިފިއެވެ.

މިނިމަމް ވޭޖް ކަނޑައަޅައިފައި ވަނީ އެކަމަށްޓަކައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނެރުއްވާ ގަރާރުގައި އޭނާ ސޮއި ކުރެއްވުމުންނެވެ. މިނިމަމް ވޭޖް ކަނޑައަޅައިފައިވަނީ ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ހަފްލާއެއްގަ އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތައް:

އަމިއްލަ ކުދި ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 4500 ރުފިޔާ.

މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.

ބޮޑެތި އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 8،000 ރުފިޔާ.

ޕަބްލިކް ސެކްޓާ: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި ވިދާޅުވީ މިއީއެއްވެސް ސަރުކާރަކަށް ނުކުރެވުނު އަދި ކުރަން ނުކުރެވުނު ކަމެއް ކަމަށެވެ. 

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖްގެ ސަބަބުން ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މިކަމުގެ ރަނގަޅު އަސަރު ކުރާނެކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖްގެ ސަބަބުން އިގްތިސާދަށާއި ވަޒީފާ އަދާކުރާ އަދި ވަޒީފާ ދޭ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.