ރޭ ހުޅުމާލެއިން ރަހީނު ކުރި އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 12:50 ހާ އިރު ކަމަށެވެ. އަދި މިއަދު ހެނދުނު 06:17 ހާ އިރު އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ރަހީނު ކޮށްފައިވަނީ އެ ކުއްޖާގެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެން ޖެހުނު މައްސަލައެއްގެ ތެރެއިންނެވެ.